ސުވާލު

ރަވާތިބު ސުންނަތަކީ ކޮބާ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ރަވާތިބު ސުންނަތަކީ ފަރުޟުނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތަކުގެ ކުރިންނާ ފަހުން ކުރުމަށް އައިސްފައިވާ ސުންނަތް ނަމާދުތަކެކެވެ. މިއީ ސުންނަތްކަން ގަދަވެގެންވާ ނަމާދު ތަކެކެވެ. ރަވާތިބު ސުންނަތުގެ އަދަދަކީ ބާރައެވެ. އެއީ ފަތިސްނަމާދުގެ ކުރިން ކުރާ 2 ރަކްޢަތާއި، މެންދުރުނަމާދުގެ ކުރިންކުރާ 4 ރަކްޢަތާއި، މެންދުރުނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި، މަޢްރިބް ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި އަދި ޢިޝާ ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތެވެ. والله أعلم