ސުވާލު

ސިނގިރޭޓު ބުއިމުގެ ޙުކުމަކީ ކޮބާތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އިންސާނުންގެ ހަށިގަނޑަށް ގެއްލުންދެނިވި ކޮންމެ ކަމެއް އިސްލާމް ދީނުގައިވަނީ ޙަރާމް ކުރައްވާފައެވެ. އަދި އެފަދަ ކަންކަމަށް ފައިސާ ޚަރަދު ކުރުމަކީ އިސްރާފުކުރުމުގެ ތެރެއިންވާނޭ ކަމެކެވެ. ހަމައެފަދައިން މިއީ ތިމާނޫން އަނެކުންނަށް އުނދަގޫ ފޯރުވާ ކަމެކެވެ. މައާއެކު ސިނގިރޭޓު ބުއިމުގެ ސަބަބުން ޞިއްޙަތު ހަލާކުވެ ދުނިޔެ ދޫކުރަން ޖެހޭމީހާ؛ އަމިއްލައަށް މަރުވާމީހުންގެ ފަންތީގައި ޤިޔާމަތްދުވަހުން ހިމެނިގެންދިޔުމުގެ ބިރުވެރިކަންވެސް އެމީހަކަށް އެބަ އޮތެވެ. މިއެންމެހާ ކަންކަމުގެ މައްޗަށް ބަލާލި ކޮންމެ މީހަކަށްމެ ސިނގިރޭޓު ބުއިމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއްކަން ޝައްކެއްނެތި، ކަށަވަރު ވެގެންދާނެއެވެ. ތިމާގެ ނަފްސު ޤަތުލު ނުކޮލުމަށް މާތް ﷲ ކުރައްވާފައިވާ އަމުރަށް ކިޔަމަންވާވީ ވަޤުތު؛ ތިބާޔަށް އަންނާނީ ކޮންދުވަހަކުން ހެއްޔެވެ؟