ސުވާލު

ވުޟޫކޮއްގެން ހުރިމީހެއް ގައިގައި ނަޖިހެއް ހޭކިއްޖެނަމަ، އޭނާގެ ޥުޟޫ ގެއްލޭނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ޥުޟޫކޮށްގެން ހުރިމީހެއްގެ ގައިގައި ނަޖިހެއް ހޭކުނަސް އެމީހާގެ ޥުޟޫއެއް ނުކގެއްލެ ހުއްޓެވެ. ސަބަބަކީ ބޭރުން ނަޖިހެއް ހޭކުމަކީ ޥުޟޫ ގެއްލޭ ކަމެއްކަމުގައި ޝަރީޢަތުގައި އައިސްފައި ނުވާތީއެވެ. ނަމަވެސް ނަޖިސް ފިލުވާލުމަކީ އެހެނިހެން ދަލީލުތަކުން އަމުރު ކުރައްވާފައިވާ ކަމަކަށްވާތީ ނަޖިސްފިލުވާލާން ޖެހޭނެއެވެ. އިސްލާމްދީނުގައި އަޅުކަމުގެ ގޮތުގައި ޚާއްޞަވެގެންވާ ކަންކަމުގައި ކުރުމަށާއި، އެކަމެއް ބާތިލް ކުރުމަށްވެސް ޚާއްޞަ ދަލީލެއް އޮންނަން ޖެހެއެވެ. ދަލީލެއް ނެތްނަމަ އެކަމެއް ދީނުގައި ނުހިމެނޭނެ އެވެ.