الحمد لله والصلاة والسلام على رسوله ، أما بعد :
ޝައްވާލުމަހުގެ 6 ރޯދަ ޖައްސަޖައްސައިގެން 6 ދުވަހުވެސް ހިފިދާނެއެވެ. ނުވަތަ ވަކިވަކިންވެސް ހިފިދާނެއެވެ. މިކަމުގައި އެބޭފުޅަކަށް ލުއިގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ. ޙަދީޘްގައި އައިސްފައިވަނީ ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ކުރުމަށްފަހު ދެން އެއާވިދިގެން ޝައްވާލުމަހުން 6 ދުވަހު ރޯދަ ހިފުމުގެ ވާހަކައެވެ. ޝައްވާލުމަހުގެ ވަކި 6 ދުވަހެއް ޚައްޞަކޮށްފައެއް ނުވެއެވެ. ވީމާ ކުރިން ބަޔާންވެދިޔަ ދެ ގޮތުންކުރެ ކޮންމެ ގޮތެއްވެސް ޞައްޙަވެގެންވެއެވެ. الله أعلم.