ސުވާލު

ޝައްވާލުމަހުގެ 6 ދުވަހުގެ ރޯދައަކާއި ރަމަޟާންމަހުގެ ޤަޟާ ރާދައެއް، ދެ ރޯދައިގެ ނިޔަތުގައި އެއްދުވަހު ހިފިދާނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ޤަޟާ ރާދައަކާއި ޝައްވާލުމަހުގެ 6 ދުވަހުގެ ރޯދައެއްގެ ނިޔަތްގަނެ، އެއްދުވަހެއްގައި ހިފުމަކީ ހުއްދަ ގޮތެއް ނޫނެވެ. ރަމަޟާންމަހުގެ ރޯދައަކީ މުސްތަޤިއްލު، ވަކި އަޅުކަމެއްކަމުގައިވެފައި، ޝާއްވާލުމަހުގެ 6 ރޯދައިގެ ދަރުމަ ގުޅިފައިވަނީ، ރަމަޟާން މަހުގެ ރޯދައިގެ ޢަދަދާއި އެކުވުމުން މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ޘަވާބުގެ ގޮތުގައި ކަމައްވާތީ، އެއީ އެއްނުކުރެވޭނެ ދެ އަޅުކަމެވެ. والله أعلم