ސުވާލު

ޟުޙާ ނަމާދު ކުރުން އެންމެ މޮޅުއިތުރުވެގެންވާ ވަޤުތަކީ ކޮބާ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ޟުޙާ ނަމާދު ކުރުން އެންމެ މާތް ވަގުތަކީ ބިންގަނޑަށް ހޫނުވާ ވަޤުތެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. صَلَاةُ الْأَوَّابِينَ حِينَ تَرْمَضُ الْفِصَالُرواه مسلم މާނައަކީ: އައްވާބީން ނަމާދުގެ ވަގުތަކީ (އެބަހީ: ޟުޙާ ނަމާދުގެ ވަގުތަކީ) ބަނޑުޖަހައިގެން ތިބޭ ޅަ ޖަމަލުތައް، ބިންގަނޑަށް ހޫނުވުމުގެ ސަބަބުން ތެދުވެގެން ހިލަކަށް ޖެހިލަން އުޅޭވަގުތެވެ.“

ޟުޙާ ނަމާދުގެ ވަޤުތަކީ އިރުއަރައިގެން އައިސް ހޫނު ގަދަވާވަގުތެވެ، ރާއްޖޭގެ ވަޤުތުން ބަލާއިރު ގާތްގަނޑަކަށް ނުވައެއް، ދިހައެއް ޖަހާ ކަންހާއިރުއެވެ. އަދި އިރުއަރާތާ ކުޑަ ވަޤުތުކޮޅެއް ފަހުންވެސް ޟުޙާ ނަމާދު ކުރެވިދާނެއެވެ. والله أعلم