ސުވާލު

މަސްވެރިން ފަދައިން އަބަދުހެން ކަނޑު ދަތުރުކުރާ މިހުންނަށް ނަމާދު ޤަޞްރު ކުރުން ޙުއްދަވާނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

فضيله الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. ”ނަމާދު ޤަޞްރުކުރުން ހުއްދަވުން ގުޅިފައިވަނީ ދަތުރާއެވެ. ދިރިއުޅޭ ވަޠަނެއް އެނގެން އޮތް މީހަކަމުގައި ވާނަމަ އޭނާގެ ދަތުރަކީ ދާއިމީ ދަތުރެއްކަމުގައި ވާނަމަވެސް ނުވަތަ ނާދިރު ދަތުރެއްކަމުގައި ވިޔަސް އޭނާ ކުރަނީ ދަތުރެއްކަމުގައި ވާނަމަ އޭނާއަށް ނަމާދު ޤަޞްރު ކުރުން ހުއްދަވެގެން ވެއެވެ. مجموع فتاوي ابن عثيمين 15/264