ސުވާލު

ހަތަރު ރަކްޢަތުގެ ނަމާދުގެ ފަހު ދެ ރަކްޢަތުގައި އުމާމެއްގެ ފަހަތުގައި ދަތުރުވެރިއަކު ބައިވެރިވެއްޖެނަމަ، އޭނާ ނަމާދު ޤަޞްރު ކުރުމުގެ ގޮތުން ދެ ރަކްޢަތުން ފުއްދާލުން ހުއްދަވާނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ނަމާދުގެ ހަތަރު ރަކްޢަތް ފުރިހަމަކުރާ މީހެއްގެ ފަހަތުގައި ދަތުރުވެރިއަކު ބައިވެރިވިއަސް އޭނާވެސް ނަމާދުގެ ހަތަރު ރަކްޢަތް ފުރިހަމަ ކުރަންޖެހޭނެ އެވެ. ހަތަރު ރަކްޢަތް ފުރިހަމަ ކުރާ އިމާމެއްގެ ފަހަތުގައި ނަމާދު ޤަޞްރެއް ނުކުރެވޭނެއެވެ. والله أعلم.