ސުވާލު

ވަރަށް ގިނަ މީހުން ވައަތުން ކައިބޮއި ހަދާއުޅޭ މަންޒަރު ފެނެއެވެ. މިއީ ހަމަ ޙަރާމް ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”لَا يَأْكُلْ أَحَدُكُمْ بِشِمَالِهِ، وَلَا يَشْرَبْ بِشِمَالِهِ، فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ، وَيَشْرَبُ بِشِمَالِهِرواه الترمذي. މާނައީ: ”ތިޔަބައިމީހުންކުރެ އެކަކުވެސް ވައަތުން ކައިބޮއި ނުހަދާށެވެ. ފަހެ، ހަމަކަށަވަރުން ޝައިޠަނާ ކައިބޮއެ ހަދަނީ ވައަތުންނެވެ.“

فضلية الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. ”ޢުޒުރެއްގެ ސަބަބުން ވައަތުން ކެއުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ޢުޒުރެއް ނެތި ވައަތުން ކެއުމަކީ ޙަރާމް ކަމެކެވެ.“