ސުވާލު

ޤްރުއާނުގައި ޙައްޖުގެ މައްސަރުތަކޭ އޮންނަނީ ކީއްވެ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ޙައްޖުގެ މައްސަރުތައްކަމަށް ޤްރުއާނުގައި އައިސްފައި އެވަނީ ޙައްޖަށް އިޙްރާމް ބަނުމާއި އަޙްރާމް ކެނޑުމުގެ ކަންކަން ކުރެވޭނެ މައްސަރުތަކުގެ ވާހަކައެވެ. އެއީ ޝައްވާލު، ޛުލްޤަޢިދާ، ޛުލްޙައްޖު، މި 3 މަހެވެ. ޙައްޖަށް އިޙްރާމް ބަދެވޭނީ ޝައްވާލު މަހުގެ 1 އިން ޙައްޖު މަހުގެ 9 ވަނަ ދުވަހުގެ ރޭ ފަޖުރުލުމުގެ ކުރިއާއި ދެމެދުގެ ވަގުތެއްގައެވެ. ޙައްޖުގެ އިޙްރާމް ކެނޑޭނީ އެންމެ އަވަސްވެގެން ޙައްޖު މަހުގެ 10 ވަނަ ދުވަހުއެވެ. އެންމެ ލަސްކުރެވޭނީ އެމަހުގެ ނިޔަލަށެވެ. والله أعلم.