ސުވާލު

ދަތުރުވެރިޔާއަށް ނަމާދު ޤަޞްރުކުރުން ހުއްދަވާނީ ކިހާދުރުމިނެއްގެ ދަތުރެއްގައިތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ނަމާދު ޤަޞްރުކުރުން ހުއްދަވާނެ ދަތުރުގެ މިންވަރާމެދުގައި، ފިޤްހުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. އެއީ: ނަމާދު ޤަޞްރުކުރުން ހުއްދަވާ ދަތުރުގެ ދުރުމިނެއް ކަނޑައަޅުއްވާފައިވާ އާޔަތެއް އަދި ޙަދިޘެއް ވާރިދުވެގެން އައިސްފައި ނުވާތީއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން، މި މައްސަލައިގައި ބޮޑަށް ބުރަވެވޭ ރަޢުޔަކީ: އެތަނަކަށް ދިޔުމަށް، ދަތުރުވެރިއެއްގެ ހައިސިއްޔަތުން، މީހުން ޢާންމުކޮށް، ދަތުރު ބަނދެ ތައްޔާރުކޮށް އުޅޭވަރުގެ ދަތުރެއްކަމުގައި ވާނަމަ އެދަތުރަކަށް ފުރަށްފަހު، ނަމާދު ޤަޞްރުކުރުން ހުއްދަވާނެކަމަށް ބުނެވުނު ރައުޔެވެ. މިއީ شيخ الإسلام ابن تيمية  رحمه الله ގެ ރައުޔެކެވެ. އަދި فضيلة الشيخ محمّد بن صالح العثيمين  رحمه الله ގެ ރައުޔަކީވެސް މިއެވެ. (سلسلة لقاء الباب المفتوحالشريط 1)