ސުވާލު

އުޟުޙިޔާ ކަތިލުމުގެ ޙުކުމަކީ ކޮބާ؟ އަދި އުޟުހިޔާ ކަތިލަން އެދޭމީހާ ނުކޮށް ދޫކޮށްލަންޖެހޭ ކަންކަމަކީ ކޮބާ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އުޟުޙިޔާ ކަތިލުމަކީ، އެކަމަށް ކުޅަދާނަވެގެންވާ މިހުންގެ މައްޗަށް ގަދަވެގެންވާ ސުންނަތެކެވެ. އަދި އުޟުޙިޔާ ކަތިލަން އެދޭމީހާ، ޙައްޖުމަސް ފެށުނީއްސުރެ އުޟުޙިޔާ ކަތިލެވެންދެން ނިޔަފަތި ކެނޑުމާއި ބޯކޮށުން ނުވަތަ ގައިން އިސްތަށިބާލާ އުފުރާ، ހެދުން ހުއްޓާލައިގެން ހުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ.