ސުވާލު

يأجوج مأجوج ބާގައިގެ މީހުންނަކީ އާދަމުގެ ދަރިންތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

الإمام النووي  رحمه الله ވިދާޅުވެފައިވެއެވެ. ”ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެބައިމީހުންނަކީ (އެބަހީ: يأجوج مأجوج ބާގާ ގެ މީހުންނަކީ) އާދަމު عليه السلام ގެ ދަރިންނެވެ. އަދި ابن عبد البر رحمه الله ވިދާޅުވެފައިވެއެވެ. އެބައިމީހުންނަކީ يافث بن نوح عليه السلام ގެ ދަރިކޮޅު ބައެއްކަމަށް އިޖުމާޢު ނަގުލުވެގެން ނެއެވެ. والله أعلم