ސުވާލު

ފާއިތުވީ ޙައްޖު ދުވަހާއި އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު ނަމާދަށްފަހު ބައެއް މިސްކިތްތަކުގައި ތަކްބިރު ނުކުޔައެވެ. އެމީހުން ބުނަނީ އެއީ ސުންނަތުން ސާބިތުވާކަމެއް ނޫނޭ. ކީކޭތޯ މިކަމާ ވިދާޅުވަނީ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ޙައްޖުމަހުގައި ކިޔުން ސުންނަތްވެގެންވާ ތަކުބީރު ދެބަޔަކަށް ބެހެއެވެ. ފުރަތަމަ ބަޔަކީ ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ އިރު އޮއްސުމާއި ހަމައަށް ބާޒާރުތަކާއި މަގުތަކާއި އެނޫންވެސް ތަންތަނުގައި ވަކި ވަގުތެއް ޙާއްޞަ ކުރުމެއް ނެތި ކިޔާ ތަކުބީރު ކިޔުމެވެ. އަނެއް ބަޔަކީ ޙައްޖު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން 13 ވަނަ ދުވަހުގެ އިރު އޮއްސުމާއި ހަމައަށް ކޮންމެ ނަމާދެއްގެ ފަހުގައި ތަކުބީރު ކިޔުން ސުންނަތް ވެގެންވެއެވެ. والله أعلم