ސުވާލު

ޢާޝޫރާ ދުވަހަކީ ކޮބާ؟ އަދި އެދުވަހު ރޯދައަށް ހުރުމަކީ ކޮންކަހަލަ ކަމެއް؟

الحمد لله والصلاة والسلام على رسوله ، أما بعد :

ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ. އަދި އެދުވަހު ރޯދަ ހިފުމަކީ މުޞްތަޙައްބު ވެގެންވާ ކަމެކެވެ. އެދުވަހުގެ ރޯދައާއި ބެހޭގޮތުން الرسول صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. “ وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُوراه مسلم. މާނައީ: ”އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން، ފާއިތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެކަމަށް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ.“