ސުވާލު

ޖިންނީންނަށް ޣައިބު އެގޭނެތަ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އަޞްލަކީ އެއްވެސް ޣައިބު އެގިގެން ނުވުމެވެ. މިކަމުގައި ޖިންނިއެއް އިންސިއެއް އަދި މަލާއިކަތެއްވެސް އިސްތިޘްނާވެގެން ނުވެއެވެ. ޣައިބު އެނގޭނީ ﷲ އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެއިލާހު ޣައިބު ކަޝްފުކޮށްދެއްވި ފަރާތަކަށެވެ. الشيخ محمد بن صالح العثيمين  رحمه الله ވިދާޅުވިއެވެ. ”ޖިންނީންނަށް ޣައިބެއް ނޭނގޭނެއެވެ.“

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ (النمل: ٦٥) މާނައީ: ”ﷲ ތަޢާލާ ފިޔަވާ އުޑުތަކާއި ބިމުގައިވާ އެއްވެސް ފަރާތަކަށް ޣައިބެއް ނޭނގޭނެތެވެ.“