ސުވާލު

މުޙައްރަމް މަހު ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

މުޙައްރަމް މަހަކީ މާތް ﷲ ޙުރުމަތްތެރިކުރެއްވި މައްސަރެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. أَفْضَلُ الصِّيَامِ، بَعْدَ رَمَضَانَ، شَهْرُ اللهِ الْمُحَرَّمُ رواه مسلم. މާނައީ: ”ރަމަޟާން މަސް ފިޔަވައި (ސުންނަތް) ރޯދަހިފުން، އެންމެ މާތްކަން ބޮޑީ ﷲ ގެ މައްސަރުކަމުގައިވާ މުޙައްރަމް މަހުގައެވެ.“

އެހެންކަމުން ގިނަގިނައިން ސުންނަތް ރޯދަ ހިފުން އެންމެ ހެޔޮކަން ބޮޑު މައްސަރަކީ މުޙައްރަމް މަހެވެ. އެހެނަސް އެމައްސަރުގައި ހުރިހާ ދުވަހަކު ރޯދަ ހިފުމެއް ނެތެވެ. والله أعلم