ސުވާލު

ޢާޝޫރާ ދުވަހުގެ ރޯދަ ހިފުން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟ ބައެއް މީހުން އެދުވަހުގެ ކުރިން ނުވަތަ ފަހުން އެއް ދުވަހު ރޯދައަށް ހުންނަން ޖެހޭނޭ ބުނާ އަޑު އިވޭ.

الحمد لله والصلاة والسلام على رسوله ، أما بعد :

الشيخ محمد بن صالح العثيمين رحمه الله ޢާޝޫރާ ދުވަހު ރޯދައަށް ހުރުމާމެދު ވިދާޅުވެފައިވެއެވެ. ފުރަތަމަ ގޮތަކީ އެދުވަހު އެކަނި ރޯދައަށް ހުރުމެވެ. އަނެއް ގޮތަކީ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ. ދެން އަނެއް ގޮތަކީ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ރޯދަ ހިފުމެވެ. ދެން އޮންނަ ހަތަރު ވަނަ ގޮތަކީ 9، 10 އަދި 11 ވަނަ ދުވަހު ރޯދަ ހިފުމެވެ. ދެދުވަހު ރޯދައަށް ހުންނަން ބޭނުންމީހަކު ނަމަ އޭނައަށް އެންމެ މޮޅުއިތުރުވެގެންވަނީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދައަށް ހުރުމެވެ.

ބައްލަވާ: مجوع فتاوى ورسائل للشيخ محمد بن صالح العثيمين ج: 20 كتاب: الصيام.