ސުވާލު

"ކްރިސްމަސް" ގެ މުނާސަބާގައި ތަހުނިޔާ ކިޔައި ވިޝްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ކާފިރުންގެ ޢީދުތަކުގައި އެމީހުންނަށް ތަހުނިޔާ ކިޔުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ابن القيم رحمه الله ލިޔުއްވާފައިވާ (أحكام أهل الذّمة) ކިޔާ ފޮތުގައި ވިދާޅުވެފައިވެއެވެ. ”ކާފިރުންނަށް ޚާއްޞަވެގެންވާ ޝިޢާރުތަކުގައި އެމީހުންނަށް ތަހުނިޔާ ކިޔުމަކީ ހަރާމް ކަމެއްކަމުގައި ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވެއެވެ. އެއީ މިސާލަކަށް އެމީހުންގެ ޢީދު ދުވަސްތަކުގައި ތަހުނިޔާ ކިޔުންފަދަ ކަންކަމުގައެވެ.“

ބައްލަވާ: مجموع فتاوى ورسائل الشيخ ابن عثيمين (3/369)