ސުވާލު

ގެފުޅާއި މަސްޖިދުލްނަބަވީގެ ފޮޓޯ ޖަހާފައި ހުންނަ މުސައްލާގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ފުރާނަ ނާޅުވާ ހުންނަ ތަކެތި ހުންނަ މުސައްލައިގައި ނަމާދު ކުރުމަކީ ހުއްދަކަމެކެވެ. އެއީ އެ މުސައްލާގައި މިސްކިތްފަދަ މުޤައްދަސް ތަންތަނުގެ ޞޫރަ ހުރިކަމުގައި ވިޔަސްމެއެވެ.

الشيخ ابن باز رحمه الله ވިދާޅުވެފައިވެއެވެ. ”މުސައްލާގައި ކުރެވޭ ނަމާދު ޞައްޙަވެގެންވެއެވެ. އެއީ އެ މުސައްލާގައި މިސްކިތެއް ނުވަތަ އެނޫންތަނެއްގެ ސޫރައެއް ވީނަމަވެސް މެއެވެ.“

ބައްލަވާ: www.binbaz.org.sa/noor/5503