ސުވާލު

ނަމާދަށް ހުއްޓާ ހަށިގަނޑުގެ ތަނަކުން ލޭ އައިސްފިނަމަ ވުޟޫ ގެއްލޭނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ނަމާދަށް ހުއްޓާ ހަށިގަނޑުގެ ތަނަކުން ލޭ އައުމަކުން ވުޟޫއެއް ނުގެއްލޭނެ. އެއީ ވުޟޫ ގެއްލޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫން. ކީރިތި ރަސުލާ صلي الله عليه وسلم ގެ ޒަމާނުގައި މުސްލިމުން އެމީހުންގެ ޒަޚަމްތަކާއެކުވެސް ހަނގުރާމައިގެ މައިދާނުގަ ނަމާދު ކުރަމުން ގެންދިޔަ. والله أعلم