ސުވާލު

ނިފާސްވެރިކަމުގައި އިން އަންހެނާ 40 ދުވަސްވުމުގެ ކުރިން ލެ ކެނޑިއްޖެނަމަ ނަމާދުކުރުން ހުއްދަވާނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

40 ދުވަސް ވުމުގެ ކުރިން ނަމަވެސް ނިފާސްކަމުގެ ލެކެނޑި ޠާހިރުވުމުގެ ޢަލާމާތް ފެނިއްޖެނަމަ ބެލެވޭނީ ނިފާސްކަން ކެނޑުނީކަމުގައެވެ. އެހިސާބުން އެމީހާގެ މައްޗަށް ނިފާސްކަމުގެ ސަބަބުން ކުރުން ޙަރާމްވި ކަންތައްތައް ކުރުން ޙުއްދަ ވާނެއެވެ. އެގޮތުން ނަމާދު އޭގެ ވަގުތުގައި އަޑާކުރަން ވާނެއެވެ. والله أعلم

ބައްލަވާ: (فتوى ابن بازالمجلد 10-ص– 211)