ސުވާލު

އަނބިމީހާގެ ގައިގައި އަތް ލެވިއްޖެނަމަ ވުޟޫ ގެއްލެނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އަނބިމީހާގެ ގައިގަ އަތްލެވުނަސް ވުޟޫއެއް ނުގެއްލޭނެއެވެ. ރަސޫލާ صلى الله عليه وسلم ވުޟޫމަތީގައި ހުންނަވާފައި އެކަލޭގެފާނުގެ އަނބި އަނބި ކަނބަލުންނަށް ބޮސް ދެއްވުމަށްފަހު ވުޟޫ ނުކުރައްވާ ނަމާދަށް ނުކުމެވަޑައިގަންނަވާ ކަމުގައި އައިސްފައިވެއެވެ. والله أعلم