ސުވާލު

ފޯނުން ޤުރްއާން ކިޔަވާއިރު ވުޟޫ ކުރަންޖެހޭނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ވުޟޫ ކުރަން ޖެހޭކަމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަނީ، ވުޟޫ ކުރަންޖެހޭނީ މުޞްޙަފްގައި އަތްލާތީއެވެ. މުޞްޙަފްގައި އަތްލުމެއްނެތި ޤުރްއާން ކިޔެވޭނެތީއާއި ފޯނަކީ މުޞްޙަފުގެ ޙުކުމުގެ އެއްޗަކަށް ނުވާތީ ފޯނުން ޤުރްއާން ކިޔަވާއިރު ވުޟޫ ކުރާކަށް ނުޖެހޭނެއެވެ. والله أعلم