ސުވާލު

ކަށުނަމާދު ގައި ސަލާމް ދޭނި ކިތައް ފަހަރުތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

މިމައްސަލާގައި الشيخ محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެއެވެ. ”ކަށުނަމާދުގައި ސަލާމްދިނުންވަނީ ހަމައެކަނި ކަނާއަތް ފަރާތަށެވެ. އެކަމަކު މިހަކު ކަނާއަތް ފަރާތަށާއި ވާއަތްފަރާތަށް ސަލާމްދިނުމަކުން މައްސަލައެއްނެތެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم (ކަށުނަމާދުގައި) ވާއަތްފަރާތައްވެސް ސަލާމް ދެއްވިކަމަށް ބައެއް ރިވާޔަތްތައް ވާރިދުވެފައި އެބަހުއްޓެވެ.“ ބައްލަވާ: فتوى نور على الدرب (2/9 بتر قيم الشاملة اَلية)