ސުވާލު

ނަމާދަށް ހުއްޓާ މޯބައިލް ފޯން ރިންގުވާން ފަށައިފިނަމަ، ރިންގު އޮފް ކޮށްލެވިދާނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

މަދު ހަރަކާތަކުން މޮބައިލް ފޯނު ނިއްވާލުމަކީ ނަމާދުކުރާ މީހާއަށް ހުއްދަވެގެންވާ، ނަމާދުގެ ބޭނުމަށް ކުރެވޭ ޙަރަކާތެކެވެ. ނަމާދަށް ހުއްޓާ މޮބައިލް ފޯނު ރިންގުވާން ފަށައިފިނަމަ، ފޯނު ނިއްވާލުމަށް ކުރެވޭ ޙަރަކާތަކީ ކުރުން ވާޖިބު ކަމެއްކަމުގައިވެސް ވެގެންދެއެވެ. އެހެނީ، އަޑުގަދަކޮށް ފޯނު ރިންގުވުމަކީ ނަމާދު ކުރާ އެހެން މީހުންނަށް އުނދަގޫވާ، ނަމާދުގެ ޚުޝޫޢަތްތެރިކަމަށް ހުރަސްއެޅޭ ކަމެއް ކަމުގައިވާތީއެވެ. والله أعلم