ސުވާލު

ލޯ މަރައިގެން ހުރެ ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އަލްއިމާމް އިބްނު ބާޒު رحمه الله ވިދާޅުވިއެވެ. ”ލޯ މަރައިގެން ހުރެ ނަމާދު ކުރުމަކީ، ޢިލްމުވެރިންގެ އަރިހުގައި މަކްރޫހަ ވެގެންވާ ކަމެކެވެ. އެހެނެއްކަމަކު އޭނާގެ ނަމާދު ޞައްޙަ ވާނެއެވެ. ބައެއް ބޭކަލުން ދެކެލައްވާ ގޮތުގައި ލޯމެރުމަކީ ޚުޝޫޢަތްތެރިކަން އިތުރުކޮށްދޭ ކަމެއްނަމަ، ނަމާދުގައި ލޯމެރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބޮޑަށް ރަނގަޅު ގޮތެއް ކަމުގައި ބެލެވެނީ ނަމާދުގައި ލޯމަރައިގެން ނުހުރުމެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި ލޯ މެރުމަކީ ޔަހޫދީން ކުރާކަމެކެވެ.“

ބައްލަވާ: https://www.binbaz.org.sa/noor/6198

ނަމާދުކުރާ މީހާ ބެލުން ސުންނަތްވެގެންވަނީ ސަޖިދަ ޖަހާ ތަނަށެވެ. ކިރިތި ރަސޫލާ صلى الله عليه وسلم ނަމާދު ކުރައްވާހިނދު، ސަޖިދަ ޖައްސަވާ ތަނަށް ބައްލަވން ހުންނަވާކަމުގައި ރިވާވެގެންވެއެވެ. والله أعلم