ސުވާލު

ސޫރަ ކުރެހުމުގެ ޙުކުމަކީ ކޮބައިތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ذوات الأرواح ގެ ޞޫރަ (އެބަހީ: އިންސާނުންނާއި ޖަނަވާރުތަކާއި ދުނި ސޫފާސޫފީގެ ޞޫރަ) ކުރެހުމަކީ ޙަރާމް ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ސޫރަ ކުރަހާ މިހުންނަށް ލަޢްނަތް ލައްވާފައެވެ. އަދި ޙަދީޘް ކުރައްވާފައިވެއެވެ. ”أَشَدُّ النَّاسِ عَذَابًا يَوْمَ الْقِيَامَةِ الْمُصَوِّرُونَ“ رواه مسلم މާނައީ: ”މީސްތަކުންގެ ތެރެއިން ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ދެއްވާނެބަޔަކީ ޞޫރަ ކުރަހާ ނުވަތަ ޞޫރަ ހަދާ މީހުންނެވެ.“

ހަމައެއާއެކު، ފުރާނަ ނެތް އެއްޗެތި (ގަސްގަހާގެހިފަދަ ތަކެތި) ކުރެހުމަކީ ހުއްދަވެގެންވާކަމެކެވެ. والله أعلم