ސުވާލު

ބުނެއުޅޭ ޙައްޖު ނުވަތަ ޢުމުރާއަށްގޮސް ދެން އެނބުރި ޤައުމަށް އަތުވެ ދެމަފިރިން އެއްދާންކުރުން އެއީ ރަނގަޅުކަމެއް ނޫނޭ. މިއީ ރަނގަޅު ވާހަކައެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ތިއީ އެއްވެސް ދަލީލެއްވެތް ބާޠިލު ބުނުމެކެވެ. އެހެނީ ޙައްޖެއް ނުވަތަ ޢުމުރާއެއް އަދާކުރުމަށް ފަހު އެއްދާންވުމަކީ އެއީ ހުއްދަނޫންކަމެއްކަމަށް އެއްވެސް ދަލީލެއް އިސްލާމްދީނުގައި ޞައްޙަގޮތެއްގައި އައިސްފައެއް ނެތެވެ. ނަމަވެސް ޙައްޖަށް ނުވަތަ ޢުމުރާއަށް އިޙްރާމް ބަދެގެން ހުންނަ ވަގުތު އެއްދާންކުރުމަކީ އެއީ ޙަރާމް ކުރައްވާފައިވާކަމެކެވެ. والله أعلم