ސުވާލު

އަންހެނުން ނޭފަތްތޮރުފުމަކީ ހުއްދަކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އަންހެނުން ނޭފަތް ތޮރުފުމުގެ މައްސަލާގައި الشيخ محمد الصالح العشيمين رحمه الله ވިދާޅުވެފައިވެއެވެ. ”…. އެއަންހެނަކު އުޅޭ ޤައުމެއްގެ މީހުންގެ އާދަކާދާގައި ނޭފަތް ތޮރުފާ އެތަނުގައި މުދިލެއްވުމަކީ އެއީ ޒީނަތްތެރިވުމުގެ ގޮތުން ކުރާކަމެއް ކަމުގައިވާނަމަ ނޭފަތުގައި މުދިލެއްވުމަށް ތޮރުފުމަކުން މައްސަލައެއްނެތެވެ.“

ބައްލަވާ: ”مجموع فتاوى ابن عثيمين“ (11/ السؤال رقم 69)

ނަމަވެސް އަންހެނާގެ މިފަދަ ޒީނަތްތެރިކަން ހިލޭފިރިހެނުންނަށް ދައްކައިގެން ނުވާނެއެވެ. والله أعلم