ސުވާލު

ބޮޑު ޝިރުކަކީ ކޮބާ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ބޮޑު ޝިރުކަކީ މާތްﷲ އަށް ޚާއްޞަ ކުރެވޭ އަޅުކަމެއްގައި އެހެން ފަރާތެއް ބައިވެރި ކުރުމެވެ. ނުވަތަ އަޅުކަން އެހެންފަރާތަކަށް ކުރުމެވެ. ރައްބުވަންތަ ކަމުގައްޔާއި، އިލާހުވަންތަ ކަމުގައްޔާއި، ނަންފުޅުތަކާއި، ޞިފަފުޅުތަކުގައި ﷲ އާއި އެހެންފަރާތެއް ބައިވެރި ކުރުމެވެ. ފަހެ ބޮޑު ޝިރުކު ކުރާ މީހާގެ އެންމެހައި ޢަމަލެއް ބަޠިލު ވެގެންދެއެވެ. والله أعلم