ސުވާލު

އިސްލާމްކަމަކީ ކޮބާތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އިސްލާމްކަމަކީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އެއްވެސް އިލާހަކު ނެތްކަމާއި، މުޙައްމަދު صلى الله عليه وسلم އީ ﷲ ގެ ރަސޫލާކަމަށް ހިތުގެ އަޑީން ޤަބޫލުކޮށް، ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހައި ތަކެއްޗެއްގެ އަޅުކަން ބަރީޢަވެ ހުރެ، ﷲ ގެ ޙުކުމްފުޅުތަކަށް ފުރިހަމަޔަށް ބޯލަނބައި ކިޔަމަންގަތުމެވެ. والله أعلم