ސުވާލު

ރައްބުވަންތަކަމުގައި މާތް ﷲ އެއްކައުވަންތަ ކުރުމަކީ ކޮބައިތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ރައްބުވަންތަކަމުގައި ﷲ އެއްކައުވަންތަ ކުރުމަކީ މާތް ﷲ ގެ އެންމެހާ ޢަމަލުފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. މިސާލަކަށް: އުފެއްދެވުން، ރިޒްޤުދެއްވުން، ދިރުއްވުމާއި މަރުގެންނެވުން، ކާއިނާތުގެ އެންމެހާކަމެއް ތަދުބީރު ކުރެއްވުމާއި، ދުނިޔޭގެ ނިޒާމު ހިންގެވުންފަދަ އެންމެހާ ކަމެއްގައިމެ، އެކަލާނގެއާ އެއްވެސް ބައިވެރިޔަކު ނުވާކަމަށް އީމާންވުމެވެ. والله أعلم