ސުވާލު

އިލާހުވަންތަކަމުގައި މާތް ﷲ އެއްކައުވަންތަކުރުމަކީ ކޮބާތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އިލާހުވަންތަކަމުގައި މާތް ﷲ އެއްކައުވަންތަކުރުމަކީ ފާޅާއި ސިއްރުގައި އަޅުކަމުގެ ގޮތުގައި ކުރެވޭ އެންމެހާ ކަމެއްގައި މާތް ﷲ އާއި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. އަދި މާތް ﷲ ފިޔަވައި އެހެންފަރާތަކަށް އެއިން އެއްވެސް ކަމެއް ފުރޮޅައިވެސް ނުލުމެވެ. މިސާލަކަށް ދުޢާ ކުރުމާއި، ނަދުރު ބުނުމާއި، ޤުރުބާން ކުރުމާއި، ވަކީލު ކުރުމާއި، ޝިފާ ދެއްވުމަށް އެދުމާއި،، ޚުޟޫޢަތްތެރިވެ ބިރުވެތިވުމާއި މިފަދަ ކަންކަމެވެ. އަދި ކިޔަމަންތެރިކަން އަދާ ކުރުމުގައި ﷲ އަށްވުރެ މަތީފަރާތެއް ނުގެންގުޅުމެވެ. والله أعلم