ސުވާލު

އިސްމުފުޅުތަކުގައްޔާއި، ޞިފަފުޅުތަކުގައި މާތްﷲ އެއްކައުވަންތަކުރުމަކީ ކޮބާ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އިސްމުފުޅު ތަކުގައްޔާއި، ޞިފަފުޅުތަކުގައި މާތްﷲ އެއްކައުވަންތަކުރުމަކީ މާތްﷲ ގެ އިސްމުފުޅެއްގެ ގޮތުގައި، އަދި އެކަލާނގެ ޞިފަފުޅެއްގެ ގޮތުގައި ކީރިތި ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައިވާ އިސްމުފުޅުތަކާއި، ޞިފަފުޅުތައް އެކަލަނގެ ޛާތުފުޅާ އެކަށީގެންވާ ގޮތަށް ޘާބިތު ކުރުމެވެ. މަޚްލޫޤަކާ ވައްތަރު ކުރުމެއްނެތި، މާނަ ފުރޮޅުމަކާނުލައި، އަދި އިންކާރު ކުރުމަކާވެސް ނުލައި، ވާރިދުވެފައިވާ ގޮތަށް ޘާބިތުކޮށް ޤަބޫލު ކުރުމެވެ. والله أعلم