ސުވާލު

ކައިވެނި މަޖިލީހުގައި އަންހެން ކުއްޖާއިނުން އެއީ ޝަރުތެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ކައިވެނި މަޖިލީހުގައި އަންހެން ކުއްޖާ ނެތިވެސް،ކައިވެނިކުރާ ފިރިހެން ކުއްޖާއާއި ވަލިވެރިއާއި ޤާޟީ އަދި ދެ ހެކިން ތިބިއްޔާ ކައިވެނި ކުރިޔައް ގެންދެވިދާނެއެވެ. އަދި އެގޮތުން ކުރާ ކައިވެނި ޞައްޙަ ވާނެއެވެ. އަދި ފިރިހެން މީހާއަށްވެސް ވަކީލަކު މެދުވެރިކޮށް، ކައިވެނި މަޖިލީހަށް ހާޒިރު ނުވެވެސް ކައިވެނި ކުރުން ޞައްޙަ ވެގެންވެއެވެ. والله أعلم