ސުވާލު

މިސްކިތަށް ވަންނައިރު ބަންގިދޭނަމަ އެންމެ ރަނގަޅީ މިސްކިތު ސުންނަތް ކުރުންތޯ ނުވަތަ ބަންގިއަށް އިޖާބަ ދިނުންތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

މި މައްސަލާގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމެޓީގެ ފަތުވާއަކީ ބަންގިދެނިކޮށް މިސްކިތަށް ވަދެވިއްޖެނަމަ އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ ފުރަތަމަ ބަންގިއަށް އިޖާބަދިނުމެވެ. ދެން ބަންގި ގޮވާ ނިމުނީމަ ސުންނަތް ކުރުމެވެ. އެއީ ދެކަމުގެ އަޖުރު ޖަމާ ކުރުމަށެވެ. والله أعلم