ސުވާލު

ތިލާވަތުގެ ސަޖިދަ ކުރާއިރު ތަކްބިރު ކިޔަންޖެހޭނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ނަމާދުންބޭރުގައި ސަޖިދަކުރާނަމަ ސަޖިދައަށް ތިރިވަމުން ތަކުބީރު ކިޔުން އޮވެއެވެ. ނަމަވެސް ސަޖިދައިން ތެދުވަމުން ތަކްބީރުކިޔުމެއްނެތެވެ. އެއީ އެކަން ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން ސާބިތުވެގެން އައިސްފައި ނުވާތީއެވެ. ނަމަވެސް ނަމާދުގެ ތެރޭގައި ތިލާވަތުގެ ސަޖިދަކުރާނަމަ ސަޖިދައަށް ތިރިވަމުންނާއި ސަޖިދައިން ތެދުވަމުން ތަކްބީރު ކިޔަންވާނެއެވެ. والله أعلم

ބައްލަވާ: سلسلة لقاءات الباب المفتوح (15) للشيخ ابن العثيمين.