ސުވާލު

ނަމާދު ކުރަން ހުންނަ މީހެއްގެ ކުރިމަތިން ހުރަސްކުރުން މަނާ ހިސާބަކީ ކޮބާތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

الشيخ محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެއެވެ. ”ނަމާދު ކުރަން ހުންނަ މީހެއްގެ ކުރިމަތިން ހުރަސްކުރުން މަނާ ހިސާބު ދަންނައެވެ. ސުތުރާ ނަގައިގެން ހުރި މީހެއް ކަމުގައިވާނަމަ، އެމީހަކާ އެ ސުތުރާއަކާ ދެމެދުން ހުރަސްކުރުމަކީ ޙަރާމް ކަމެކެވެ. އެ ދެމެދުން ހުރަސްކުރަން އެކަކަށްވެސް ހުއްދަ ނުވާނެއެވެ. ސުތުރާއެއް ނުނަގާ، މުސައްލައެއްފަދަ އެއްޗެއްގެ މަތީގައި ނަމާދު ކުރާމީހެއް ނަމަ، އެ މުސައްލައަކި ރިޢާޔަތް ކުރަންޖެހޭނެ އެއްޗެކެވެ. އެހެންކަމުން އެ ނަމާދު ކުރާމީހާގެ މުސައްލަ ފޯރާ ހިސާބުން ހުރަސްކުރުމަކީ ހުއްދަވާނެކަމެއް ނޫނެވެ. އަދި މުސައްލައެއްފަދަ އެއްޗެއްގައި ނޫންގޮތަކަށް ނަމާދު ކުރާމީހެއްނަމަ، ހުރަސްކުރުން ޙަރާމްވާނެ ހިސާބަކީ، އެ ނަމާދު ކުރާ މީހާގެ ފައިންފެށިގެން ސަޖިދަޖަހާ ހިސަބެވެ. އެމީހަކާ ސަޖިދަ ޖަހާ ހިސާބާ ދެމެދުން ހުރަސް ނުކުރާށެވެ.“ والله أعلم

(مجموع الفتاوى 241/ 13)