ސުވާލު

ޖަމާޢަތް ލިބުނު ކަމަށްވާނި ކިހާ މިންވަރެއް އިމާމު މީހާ އެކު ލިބުނީމަތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އިމާމު މީހާއާއެކު އެއް ރަކުޢަތް ލިބިއްޖެމީހާއަށް ޖަމާޢަތުގެ ޘަޥާބު ލިބޭނެކަމަށް ޢިލްމުވެރިން އެއްބަސްވެވަޑައިގަނެއެވެ. އަދި އެއަށްވުރެ މަދުވެއްޖެނަމަވެސް ޖަމާޢަތް ލިބޭނެކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ޖަމާޢަތް ލިބޭނީ މަދުވެގެން ރަކްޢަތެއް އިމާމު މީހާ އާއެކު ލިބުނީމައެވެ. ދަލީލަށް ބަލާއިރު ބުރަވެވެނީ މިބަސްފުޅަށެވެ. والله أعلم

ބައްލަވާ: مجموع فتاوى ورسائل للشيخ ابن العثيمين، المجلد 15 ، باب صلاة الجماعة.

برنامج فتاوى نور على الدرب، الحلقة الثالثة والثلاثون، 1432/4/21