ސުވާލު

ނަމާދަށް ދެވުނުއިރު އިމާމު މީހާ އިނީ ފަހު އައްތަޙިއްޔާތުގައެވެ. މިފަދަ ޙާލަތެއްގައި އިމާމު މީހާއާއެކު ބައިވެރިވާނީތޯ؟ ނުވަތަ ސަލާމް ދެންދެން މަޑުކުރާނީތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

މިމައްސަލާގައި الشيخ محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެއެވެ. ”ނަމާދަށް އައި އިރު އިމާމު މީހާ ފަހު އައްތަޙިއްޔާތުގައި އިންނަމަ އައުލާވެގެންވަނީ އިމާމު މީހާއާއެކު ބައިވެރިވުމެވެ. ނަމަވެސް މިއީ ދެވަނަ ޖަމާޢަތެއް އެ މިސްކިތުގައި ނުވަތ އެހެން ތަނެއްގައިވިޔަސް ދެން ނުލިބޭނެކަން އެނގޭ ނަމައެވެ. އެކަމަކު ދެވަނަ ޖަމާއަތެއް ލިބެނެކަން އެގޭނަމަ ރަނގަޅުގޮތަކީ ފަހު އައްތަޙިއްޔާތުގައި އިން އިމާމުމީހާ އާއެކު ބައިވެރި ނުވުމެވެ.“

ބައްލަވާ: مجموع فتاوى ورسائل للشيخ ابن العثيمين ، المجلد 15، باب صلاة الجماعة