ސުވާލު

ހަނދާން ނެތުމުގެ ސަބަބުން ނަމާދު ވަގުތު ފާއިތުވެގެންގޮސް އަނެއް ނަމާދު ވަގުތު ޖެހުނުއިރު ނަމާދު ނުކުރެވި ހުރި ޙާލަތެއްގައި ދެން ޢަމަލު ކުރަންޖެހޭނީ ކިހިނެއްތޯ؟ ފުރަތަމަ ކުރަން ޖެހޭނީ ކޮން ނަމާދެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ނަމާދުތައް ކުރަންޖެހެނީ އަބަދުވެސް ތަރުތީބުންނެވެ. އެގޮތުން ހަނދާން ނެތިގެން ނަމާދު ނުކުރެވިހުއްޓާ އަނެއް ނަމާދު ވަގުތު ޖެހިއްޖެނަމަ ފުރަތަމަ ކުރާނީ ފާއިތުވި ނަމާދެވެ. އެ ވަޤުތުގެ ނަމާދު ކުރާނީ ފާއިތުވި ނަމާދު ކުރުމައްފަހުއެވެ. والله أعلم