ސުވާލު

އުސްފައިވާނަށް (ހައި ހީލްސް) އަށް އެރުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

މިމައްސަލާގައި الشيخ عبد العزيز بن باز رحمه الله ވިދާޅުވެފައިވެއެވެ. ”އުސްފައިވާނަށް އެރުން އެންމެ ކުޑަމިންވެސް މަކްރޫހަކަމުގެ ދަރަޖައަށް ދާނެއެވެ. އެއީ އެފަދަ ފައިވާނަށް އެރީމާ އަންހެނުންގެ އަސްލު އިސްކޮޅަށް ވުރެ ދިގުކަމަށް ދައްކާތީއާއި ވެޓި އަނިޔާއެއްވުމުގެ ފުރުޞަތު ބޮޑުވަމާއި އަދި މިފަދަ ފައިވާނަށް އެރުން ޞިއްޙީ ގޮތުން ގެއްލުންވާކަން ޑޮކްޓަރުން ސާބިތުކޮށްދޭތީއެވެ.“

މިފަދަ ފައިވާނަށް ޒީނަތްތެރިކަން ފާޅުކުރުމުގެ ނިޔަތުގައި އަރައިފިނަމަ އެކަން ހުއްދައެއް ނުވާނެއެވެ.

ބައްލަވާ: مجموع فتاوى الشيخ ابن باز (6/397)