ސުވާލު

ސާފުކޮށް ރީތިކޮށް ބަލަހައްޓާނަމަ ނިޔަފަތި ދިގުކުރުމަކީ މައްސަލައެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އަސްލުގައި ނިޔަފަތި ރީތިކޮށް ބެހެއްޓުމަކީ ރަސޫލާ صلى الله عليه وسلم ގެ އިރުޝާދާ އެއްގޮތަށް ނިޔަފަތި ކަނޑާފަ ބެހެއްޓުމެވެ. ނިޔަފަތި ދިގުކުރުމާއި ބެހޭގޮތުން ابن جبرين رحمه الله ވިދާޅުވެފައިވެއެވެ. ”ނިޔަފަތި ދިގުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ ކޮންމެ ހަފްތާއަކު ނުވަތަ ސާޅީސްދުވަހުން އެއްފަހަރު ނިޔަފަތި ކެނޑުމަށް ދީނުގައި އަމުރު ކުރައްވާފައި އެބައޮތެވެ.“

ބައްލަވާ: كتاب فتاوى المرأة ، الجزء الأول ، جمع الشيخ محمد المسند. ص: 109