ސުވާލު

އަންހެނުން ގޭގައި ނަމާދު ކުރާއިރު ބުޓަށް އަރައިގެން ހުރެ ނަމާދު ކުރެވިދާނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ބޫޓުގައި ނަޖިހެއް ނެތްނަމަ ނަމާދުކުރުން ހުއްދައެވެ. އެހެނީ رسول الله صلى الله عليه وسلم  ފައިވާން ޖޯޑުކޮޅުގައި ނަމާދުކުރެއްވިކަމަށް ޞައްޙަ ގޮތުގައި ޘާބިތުވެފައި ވެއެވެ. އަދި ޔަހޫދީންނާއި ޚިލާފުވުމުގެ ގޮތުން ޚުއްފުގައްޔާއި ފައިވާނުގައި ނަމާދުކުރުމަށް އިތުރުއެކަލޭގެފާނު އިރުޝާދު ދެއްވާފައި އެބަހުއްޓެވެ. والله أعلم