ސުވާލު

ބޮލުގައި ވިގު ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ވިގު ޖެހުމަކީ ޙަރާމް ކަމެކެވެ. އަދި ޚާއްޞަކޮށް ހިލޭފިރިހެނުންނަށް އެކަން ފާޅުކޮށް ދައްކާނަމަ އެކަމުގެ ޙަރާމްކަން ބޮޑުވެގެންދެއެވެ. މިމައްސަލާގައި الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. ”ތިމަން ދެކޭގޮތުގައި ވިގު ޖެހުމަކީ ޙަރާމްކަމެކެވެ. އެހެނީ މިކަމަކީ النبي صلى الله عليه وسلم އެހެންމީހެއްގެ އިސްތަށި ގެނެސްގެން ތިމާގެ އިސްތަށިގަނޑުގައި ގުޅުވާމީހާއަށް ލަޢުނަތް ލައްވާފައިވާކަމަށް ވުރެވެސް ބޮޑުކަމެކެވެ. ނަމަވެސް އަންހެނެއްގެ ބޮލުގައި އެއްގޮތަކަށްވެސް އިސްތަށި ނެތިގެން ނުވަތަ އާއްމުކޮށް އަންހެނުންގެ ބޮލުގައި ހުންނަ ވަރަށްވުރެ އިސްތަށި މަދުވެ އެކަމުން ޢައިބުވާކަމަށް ވާނަމަ މިފަދަ ވިގެއް ބޭނުންކުރުމަކުން މައްސަލައެއްނެތެވެ. ނަމަވެސް އެއީ ހިލޭފިރިހެނުންނަށް ދެއްކުމެއް ނެތިއެވެ. والله أعلم

ބައްލަވާ: كتاب فتاوى المرأة ، الجزء الأول، جمع الشيخ محمد المسجد. ص: 94