ސުވާލު

އެންމެ ފުރަތަމަ ޙައްޖަށް ފޮނުވަންޖެހޭނީ މައިންބަފައިންތޯ ނޫނީ އެންމެ ޙައްޖުވާނީ ތިމާ އަމިއްލައަށްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ޙައްޖަށް ދިއުމަށް ކުޅަދާނަވެގެންވާ މީހާ ލަސްނުކޮށް ޙައްޖުގެ އަޅުކަން އަދާކުރުން ވާޖިބުވެގެން ވެއެވެ. މައިންބަފައިން ނުވަތަ އެހެން މީހަކު ޙައްޖު ކުރަންދެން ނުވަތަ ޙައްޖަށް ފޮނުވަން ތިމާ އަމިއްލައަށް ޙައްޖުނުކޮށް ލަސްކުރުން ހުއްދަވެގެން ނުވެއެވެ. والله أعلم