ސުވާލު

އަމިއްލައަށް ދަންޖެހިގެން މަރުވާމީހާގެ ކަށުނަމާދު ކުރަންޖެހޭނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ދަންޖެހިގެން މަރުވާ މީހާ ހިނަވައި ކަފުންކޮށް ކަށުނަމާދު ކުރަންޖެހޭނެއެވެ. އޭނާ އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ނަމާވެސް އޭނާއަކީ މުރުތައްދުވެފައިވާ މީހަކަށް ނުވާނަމަ އޭނާއާމެދު މުޢާމަލާތް ކުރެވޭނީ ޢާންމު މުސްލިމުންނާމެދު މުޢާމަލާތްކުރާ ފަދައިންނެވެ.

އެފަދަ ބޮޑެތި ފާފައިގެ އަހުލުވެރިންގެ ކަށުނަމާދުގައި ކަމުވޮށިގެންވާ މިހުންނާއި މުޖްތަމަޢުގެ އިސްމީހުން ބައިވެރި ނުވުން އައުލާވެގެންވެއެވެ. އެއީ އެފަދަ ޢަމަލުތަކުގެ ނުބައިކަން ހާމަކުރުމަށާއި މިސްތަކުން އެކަމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުންނެވެ. والله أعلم