ސުވާލު

އަންހެނަކު ޙައިޟުގެ ލޭ ޢަޞްރު ނަމާދުގެ ވަގުތުގައި ކެނޑިއްޖެނަމަ މެންދުރު ނަމާދު ކުރަންޖެހޭނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

الشيخ محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެއެވެ. ”އަންހެނަކު ޢަޞްރު ނަމާދު ވަގުތަށްފަހު ހައިޟުގެ ލޭ ކެނޑިއްޖެނަމަ އޭނާއަށް ކުރަންޖެހޭނީ ހަމައެކަނި ޢަޞްރު ނަމާދެވެ. އޭނާގެ މައްޗަށް މެންދުރު ނަމާދު ވާޖިބެއް ނުވާނެއެވެ. އެއީ އޭނާ މެންދުރު ވަގުތުގައި ވީ ޙައިޞުވެފައެވެ.“

ބައްލަވާ: سلسلة فتاوى على الدرب الشربط رقم (374)