ސުވާލު

ރަންފަށް ނުވަތަ ރަންކެވެލި ކޮޅުފަދަ ތަކެތި ކުޑަފިރިހެންކުދިން ގައިގައި އެޅުވުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

الشيخ عبد العزيز بن باز رحمه الله ވިދާޅުވެފައިވެއެވެ. ”ފިރިހެނުންނަށް ރަނުގެ ގަހަނާ އިސްއުމާލުކުރުމަކީ މުޠްލަޤުކޮށް ހުއްދަކަމެއް ނޫނެވެ. އެއީ އަހަރު ނުފުރޭ ކުޑަ ފިރިހެން ކުއަޖެއްނަމަވެސް މެއެވެ. ރަނުގެ ގަހަނާ ހުއްދައީ އަންހެނުންނަށެވެ. އަދި އެކަން ފިރިހެނުންނަށް ޙަރާމް ވެގެންވެއެވެ. އެއީ ރަނުގެ އަނގޮޓިއެއް ކަމަށްވިޔަސް ނުވަތަ ގަޑިއެއްކަމަށްވިޔަސް ނުވަތަ އެނޫން ގަހަނާއެއް ކަމަށްވިޔަސްމެއެވެ.“

ބައްލަވާ: فتاوى نور الدرب لابن باز، https://www.bibaz.org.sa/noor/9575